ކޮމިއުނިކޭޝަންސް މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލާ، އެޓަރނީ ޖެނެރަލްގެ ލަފަޔަކަށް އެދި ފޮނުއްވާފައިވާ ލިޔެކިއުންތަކުގެ ފޮޓޯ ހިއްސާ ހިއްސާކުރައްވާ، މިނިސްޓަރ މަލީހު ޖަމާލް ކުރެއްވި ޓުވީޓަށް އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ރައްދު ދެއްވައިފިއެވެ.
މަލީހު އެ ޓުވީޓު ކުރެއްވީ އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕީޖީ އިން މަޖިލީހަށް ވެއްދުމާއި ގުޅިގެންނެވެ.
މަލީހުގެ މައްޗަށް އިތުބާރު ނެތް ކަމަށް އެމްޑީޕީ ޕީޖީން ނިންމީ ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވައިދެއް ނުހެދުމާއި ޓެލެކޮމް ސިނާއަތު ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތައް ނުހަދާ އޮތުމުންނެވެ.
މި މައްސަލައިގައި މަލީހު ކުރެއްވި ޓުވީޓުގައި ވަނީ މިނިސްޓްރީން ހަދަން ޖެހޭ 9 ގަވާއިދެއް އެކުލަވާލާ، އެޓަރނީ ޖެނެރަލްގެ ލަފަޔަކަށް އެދި ފޮނުއްވާފައިވާ ލިޔެކިއުންތަކުގެ ފޮޓޯ ހިއްސާ ކުރައްވާފައެވެ.
މި ލިޔެކިއުންތަކުގައި ވާގޮތުން މި ގަވާއިދުތައް ހަދާ، އޭޖީ އޮފީހަށް ފޮނުވާފައިވަނީ ޑިސެމްބަރު މަހުގައެވެ. އެއީ އެމްޑީޕީ ޕީޖީން އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމިފަހުންނެވެ.
އެކަން ފާހަގަކުރައްވާ އާޒިމްގެ ރައްދުގައި ވަނީ މަލީހުގެ މައްޗަށް އިތުރުފުޅު ހައްދަވާ، ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރައްވާ ކަމުގެ ތުހުމަތުކުރައްވާފައެވެ. އަދި އެއްވެސް މީހަކު ގާނޫނަށް ވުރެ މަތީގައި ހުރެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
VTV Gondikolhu program ga Barulamaanee nizaamah thaeedhu nukuraavaahaka dhekki hisaabun hajam nukurevigen thiya ulhuhvanee. Rayyithunnah vaanuvaa neygey kamah tho heekurahvanee. Hakuraagey fendaaga ekolhukolhun eluviyas maadhaa 27 ge beynun hifaanan. Biru nudhehkeyne.
— Mohamed Maleeh Jamal (@maleehjamal) February 11, 2021
އާޒިމްގެ މި ޓްވީޓަށް ރައްދުދެއްވައި މަލީހު ވިދާޅުވީ އާޒިމް އުޅުއްވަނީ އޭނާ ޓީވީ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވުމުން 'ހަޖަމު' ނުކުރެއްވިގެން ކަމަށެވެ. އަދި ހަކުރާގޭ ފެންޑާގައި އެކޮޅު އެކޮޅުން އެލުވި ނަމަވެސް، މާއްދާ 27 ގެ ބޭނުން ހިއްޕަވާނެ ކަމަށެވެ.