ށ. ފުނަދޫގައި ގާއިމްކޮށްފައިވާ އެއާޕޯޓު އަންނަ މަހުގެ 1 ވަނަ ދުވަހުހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްރީން ވިދާޅުވެއްޖެއެވެ.
މީގެ ކުރުން އެ މިނިސްޓްރީން ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅުގައި އެ އެއަރޕޯޓް ހުޅުވިގެންދާނެ ކަމަށެވެ. ނަމަވެސް ފަހުން އެ ތާރީހު ވަނީ މިއަހަރަށް ލަސްކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރާ ގޮތުގައި އަންނަ ހަފްތާގެ އާދިއްތަ ދުވަހު އިންސްޕެންޝަންތައް ފަށައި ވަރަށް އަވަހަށް އެ އެއަރޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސަން ފަށާނެއެވެ.
ފުނަދޫގައި ތަރައްގީކޮށްފައިވާ މި އެއާރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އިންނެވެ.