ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ހިންގުން ޓްރާންސް މޯލްޑިވްސް އެއާލައިން (ޓީއެމްއޭ)އަށް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ތުހުމަތު ކުރައްވައިފިއެވެ.

މެމްބަރު ޔައުގޫބު މިފަދައިން ވިދާޅުވި ނަމަވެސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފައިވަނީ އާ ސީޕްލޭން ޓާމިނަލްގެ ޖާތައް ކުއްޔަށްދިނުން މަޑުޖައްސާލާފައިވާ ކަމަށެވެ.

މި މައްސަލަ މީޑިޔާތަކަށް ތިލަކުރައްވަމުން ޔައުގޫބު ވިދާޅުވީ، ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި އެއްވެސް ވަރަކަށް ކޮރަޕްޝަން އެކުލެވިގެންވާނަމަ، އެކަން ކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

މި މައްސަލާ އެންމެ ފުރަތަމަ މީޑީއާތަކަށް ތިލަ ކުރައްވާ މިކަމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށްބުނެ ވާހަކަދެއްކެވީ ވެސް ޔައުގޫބެވެ. މިކަމާއި ގުޅިގެން ޔައުގޫބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސީޕްލޭން މައްސަލާގައި އެއްވެސް ވަރަކަށް ކޮރަޕްޝަން އެކުލެވިގެންވާ ކަމަށްވާނަމަ އެކަން ކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި މާލިއްޔަތު ކޮމެޓީން އެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށްވެސް ޔައުގޫބު ވިދާޅުވިއެވެ.

މި މަހުގެ އެއްވަނަ ދުވަހު އެމްއޭސީއެލްއިން ވަނީ އާ ސީޕްލޭން ޓާމިނަލް އާއި ވީވީއައިޕީ އިމާރާތް ހިންގާ ބަލަހައްޓާނީ އެކުންފުނިން ކަމަށް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *