ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ މެންބަރު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެ މަޖިލީހަށް ވެއްދީ 14 މެމްބަރުންގެ ސޮޔާއި އެކު ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ މަދުވެގެން 10 މެމްބަރުންގެ ސޮޔާއި އެކުއެވެ. ގާނޫނު އަސާސީގައި ބުނާގޮތުން މި ފަދަ މައްސަލައަކަށް މަޖިލީހުގައި ބަހުސް ކުރަން ފެށުމުގެ ކުރިން އެ ވަޒީރަކަށް 14 ދުވަހުގެ ނޯޓިހެއް އަރުވަން ޖެހެއެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު އެ ވަޒީރަކަށް ލިބިވަޑައިގަންނަވާނެއެވެ.

މަލީހު ވަކި ކުރުމުގެ މަސައްކަތް ފެއްޓެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އިސްވެ ހުންނަވައިގެނެވެ. މަލީހާ ދެކޮޅަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ސަރުކާރަށް ދެ އަހަރު ފުރޭއިރު، ޓެެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވައިދެއް ނުހެދުމާއި ޓެލެކޮމް ސިނާއަތު ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކު ދައުލަތަށާއި ރައްޔިތުންނަށް ގެއްލުންވަމުންދާ ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.