ނުފޫޒުގަދަ ސޯޝަލް މީޑިއާ ޕްްލެޓްފޯމް، ޓިކްޓޮކް އެކައުންޓެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) ވެސް ކްރިއޭޓްކޮށްފި އެވެ.
ޖަޒީރާއަށް އެނގިފައިވާގޮތުން އެޗްޕީއޭ ޓިކްޓޮކްއަށް ވަނީ އިއްޔެ އެވެ. އަދި އެ އެކައުންޓުން އެއްވެސް ވިޑިއޯއެއް ޝެއަރކޮށްފައެއް ނުވެ އެވެ.
މިއަދުގެ ވަގުތެއްގައި ފުރަތަމަ ވިޑިއޯކޮޅު އެކައުންޓަށް ލާނެކަން ވަނީ އެނގިފައެވެ.
އެޗްޕީއޭއިން ޓިކްޓޮކް އެކައުންޓް ބޭނުންކުރަން ފެށިއިރު، ދައުލަތުގެ އިދާރާތަކުގެ ތެރެއިން ފުރަތަމަ ޓިކްޓޮކް އެކައުންޓެއް ބޭނުންކުރަން ފެށީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި މަޖިލީހުގެ ޓިކްޓޮކް އެކައުންޓަށް ގިނަ އަދަދެއްގެ ފޮލޯވަރުން ލިބިފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކަން އިތުރުކޮށް، އާންމު ރައްޔިތުންނާއި އޮންނަ ގުޅުން އިތުރުކުރުމަށް ގިނަ އައު ވަސީލަތްތައް އަންނަނީ ބޭނުންކުރަމުންނެވެ. އަދި އައު ވަސީލަތްތަކާއި، ގޮތްތަކުގެ ތެރެއިން މަޖިލީހުގެ ހާމަކަން ވަނީ ތާރީހްގައިވެސް ފާހަގަކޮށްލެވޭ މިންވަރަށް އިތުރުވެގެންގޮސްފަ އެވެ.