ޒޫމް މެދުވެރިކޮށް ބޭއްވީ ކޯޓު އަޑުއެހުމުގައި އެމެރިކާގެ ޓެކްސަސްގެ ވަކީލެއް ކަމަށްވާ ރޮޑް ޕޮންޓަން ބުޅަލެއްގެ ގޮތުގައި ފެނިގެންދިޔަ ވީޑީއޯ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވެއެއެވެ.
"އަހަރެން މިތާގަ އެބަހުރިން. މީ ބުޅަލެއް ނޫން " ދިފާއީ ވަކީލެއް ކަމަށްވާ ޕޮންޓަން މީޓިންގައި ބުންޏެވެ.
"އަޅުގަނޑަށް އެބަ ފެނޭ ތިކަން" ފަނޑިޔާރު ރޯއީ ފާރގަސަން ޖަވާބުދިނެވެ.
ޕޮންޓަން ބުޅަލެއްގެ ފިލްޓާއިން ފެނިގެންދިޔަ ޒޫމް މީޓިންގެ ރިކޯރޑިންއެއް ފަނޑިޔާރު ފާރގަސަން އަންގާރަ ދުވަހު ޓުވިޓާއަށް ލުމުން ޔޫޓިއުބަށް އާންމުވެ 1.3 މިލިއަން މީހުން މިވީޑިއޯ ބަލާފައިވެއެވެ. ފަނޑިޔާރު ފާރގަސަން ފާހަގަކޮށްފައިވަނީ ދުނިޔެއަށް ދިމާވެފައިވާ މިފަދަ ދަތި ހާލަތްތަކުގައިވެސް ޝަރުއީ ދާއިރާގެ ހިދުމަތްތަށް އާންމުންނަށް ފޯރުކޮށްދިނުމުގައި ވަކީލުން ދެމިތިބޭނެމަކުގައެވެ.
ޕޮންޓަން މައުލޫމާތު ދިން ގޮތުގައި އެ ފިލްޓަރ އަރަން މެދުވެރިވީ އޭނާގެ ސެކްރެޓަރީގެ ކޮމްޕިއުޓަރު ބޭނުން ކުރުމުންނެވެ.