މާލެ ސިޓީ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒުގެ ނަން އަނބުރާ ގެންދިއުމަށް އިދިކޮޅުން ބޭނުންވާކަމުގެ ތުހުމަތު ކުރައްވައިފިއެވެ.

އިދިކޮޅުން ޑރ. މުއިއްޒުގެ ނަން އަނބުރާ ގެންދިއުމަށް ބޭނުންވާ ކަމުގެ ތުހުމަތު ކުރެއްވީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ.

މި ތުހުމަތު ކުރައްވާ މެމްބަރު ވިދާޅުވީ ޑރ. މުއިއްޒުގެ ބަދަލުގައި އިދިކޮޅުން އެހެން ކެންޑިޑޭޓަކު ނެރެން މަސައްކަތް ކުރި ނަމަވެސް، އެކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި އެހެން ކެންޑިޑޭޓަކު އެ ޕާޓިގެ ޓިކެޓުގައި ނެރުމަށް މަސައްކަތް ކުރަން މިހާރު މާ ލަސްވެއްޖެ ކަމަށެވެ.

މި ތުހުމަތުތަކާއި ގުޅިގެން ޑރ. މުއިއްޒުއާއި 'ޖަޒީރާ' އިން ސުވާލު ކުރުމުން އޭނާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ އެ ވާހަކަތަކަކީ އޭނާ އާއި ދެކޮޅަށް ފަތުރަމުންދާ ޕްރޮޕަގަންޑާއެއް ކަމަށެވެ.

ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު މިއަދަށް ހަމަވާނެ އެވެ. ނަން އަނބުރާ ގެންދިޔަ ނަމަވެސް، އިންތިހާބުގެ ހާއްސަ ގާނޫނު ބުނާގޮތުން ކުރިމަތިލުމުގެ ފުރުސަތެއް ދެނެއް އެއްވެސް ސިޔާސީ ޕާޓީއަކަށް ނުލިބޭނެ އެވެ.

މުއިއްޒުގެ ނަން އަނބުރާ ނެގުމަށް އިދިކޮޅުން ބޭނުންވާކަމުގެ ވާހަކަތަކެއް ދެކެވޭއިރު، މިނިސްޓަރުކަމުގައި ހުންނެވި ހަތް އަހަރު އެންމެ ބޮޑަށް އިހުމާލުވި ތަނަކީ މާލެކަމަށް މާލޭގެ ގިނަ ރައްޔިތުންދެކެވެ. އެގޮތުން މުއިއްޒުގެ ބެއްލެވުމުގެ ދަށުން ނިންމި، ކުރި ގިނަ މަސައްކަތްތަކުގެ ސަބަބުން އުދަނގޫތަކާއި ކުރިމަތިލާންޖެހުނުކަމަށް ބުނާ ރައްޔިތުން ގިނަ އެވެ.

އޭގެއިތުރަށް، މުއިއްޒުއާ ގަޔާވާ މީހުންވެސް ގިނަ އެވެ. އެގޮތުން މުއިއްޒުގެ ދައުރުގައި ހެދު ޕާކްތަކުގެ ސަބަބުން ހިތްހަމަޖެހުން ލިބިގަންނަ ރައްޔިތުން އެކަން ފާހަގަކުރެ އެވެ. ނަމަވެސް މުއިއްޒުގެ މިނިސްޓަރުކަމުގައި ކުރެއްވި ގިނަ މަސައްކަތް ފާހަގަވެފައިވަނީ އަވަހަށް، ހަލާކުވެ މަރާމާތުކުރަންޖެހޭ މަސައްކަތްތަކުގެ ގޮތުގަ އެވެ. އެހެންވެ ސަމާސާ ބަހަކަށް "މުއިއްޒުވުން" ވެސް ބޭނުންކުރާ ޒުވާނުން ގިނަ އެވެ.

 

 

0
1
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. މަގޭ ވޯޓު މިފަހަރު މުއިއްޒު އަށް. މަމީ އެމްޑީޕީ އަށް މަރުދަން ޖެހުނު މީހެއް. ކޮމެންޓް ޖަހާލައްޗޭ

ކޮމެންޓް

Your email address will not be published.