ދިވެހިރާއްޖެއިން އުތުރު އިރުމަތީ އެފްރިކާގެ ޤައުމެއްކަމަށްވާ އެރިޓްރެއާ އާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެރިޓްރެއާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމާ ގުޅޭ ޖޮއިންޓް ކޮމިއުނިކޭގައި ސޮއިކުރުން އޮތީ އިއްޔެ، ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ކަމަށެވެ.

އެގޮތުން ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެންއެވެ. އަދި އެރިޓްރެއާގެ ފަރާތުން ސޮއިކުރެއްވީ އެރިޓްރެއާގެ ފަރާތުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ސޯފިއާ ޓެސްފަމަރިއަމް ޔޮހާނޭސް އެވެ.

އެރިޓްރެއާއެކު ސިޔާސީ ގުޅުން ޤާއިމްކުރުމާއެކު ދިވެހިރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައިވާ ޤައުމުތަކުގެ އަދަދަކީ 176 އެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.