ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިޔާ ފްލެޓް ލިބޭނެކަމުގެ ލިޔުން ލިބި, މި ސަރުކާރުން އިއުލާންކުރި ލިސްޓުގައި ނަން ނުހިމެނޭ މީހުންގެ ހައްގުގައި އިދިކޮޅުން މާދަމާ މުޒާހަރާ ބާއްވަން ނިންމައިފި އެވެ.
''މަގޭ ފްލެޓް ކޮބާ'' މި ނަމުގައި ބާއްވާ އިހްތިޖާޖު ފަށާނީ ހަވީރު 16:00 ގައި ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.
އިއްޔެ ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ވަގުތު އިދިކޮޅުގެ ވަގުތީ ލީޑަރު ކަމާއި ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރައްޔިތުންގެ އަތުން ނިގުޅައިގެންފައިވާ ހައްގުތައް ހޯދައިދެވޭނެ ހަމައެކަނި ޕާޓީ އަކީ ޕީޕީއެމް/ޕީއެންސީ ކަމަށެވެ.
އަދުރޭ ވިދާޅުވީ، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ސަރުކާރު ހަމަ މަގަށް އެޅުވޭނީ އިންތިހާބުގައި އިދިކޮޅު ކޯލިޝަނަށް ވޯޓުދީގެން ކަމަށެވެ.
މިއީ ރައްޔިތުންގެ ކުރިމަތީގައި އޮތް އެންމެ ރަނގަޅު ފުރުސަތު. މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަން