ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޮސް

މި ސީޒަނަށްފަހު ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޮސް ރެއާލް ދޫކޮށްލާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ ބައެއް މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާމޮސްވަނީ ރެއާލާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އައު ކުރުމަށް ދެކޮޅު ހަދާފައެވެ. ރެއާލުގެ އޮފިޝަލަކާއި ހަވާލާދީ ސްޕެއިންގެ މާސޭއިން ރިޕޯޓްކޮށްފައިވާގޮތުން ރާމޮސް ވަނީ މި ސީޒަން ނިމުމުން ރެއާލް ދޫކޮށް ދިޔުމަށް ނިންމާފައިވާ ކަމަށް ކްލަބްގެ މެނޭޖުމަންޓާއި ހިއްސާ ކޮށްފައެވެ.

އެކަމަކު ރެއާލްގެ އޮފިޝަލު ބުނީ މި ސީޒަން ނިމުމުން ރާމޮސްއަށް އިތުރު ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށާއި، އަދި ރާމޯސް އެ ކްލަބުގައި މަޑުކުރާނެ ކަމަށް ކްލަބްގެ މެނޭޖުމަންޓުން އުންމީދު ކުރާ ކަމަށެވެ.

ރެއާލް ދޫކޮށްލާނަމް ރާމޮސް ދިޔުން އެންމެ ގާތީ ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަނާއެވެ. ޕީއެސްޖިއިން ރާމޮސް ހޯދުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނައިރު، ރާމޮސް އަދި ލިއޮނެލް މެސީ އަކީ އަންނަ ޓްރާންސްފަރ މާކެޓުގައި ޕީއެސްޖީއިން ބިޑް ކުރުމަށް ނިންމާފައިވާ ދެ ކުޅުންތެރިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރެއާލްއާ 2005 ވަނަ އަހަރުގެ ސީޒަނުގައި ގުޅުނު ރާމޮސް ވަނީ މިހާތަނަށް އެ ކްލަބަށް 14 ސީޒަން ކުޅެފައެވެ.
ރެއާލްއާއެކު ހަތަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރާމޮސް ވަނީ އެ ކްލަބާއެކު ކޮޕަޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕަކަޕް ތިން ފަހަރު، ޔުއެފާ ސުޕަކްޕ ތިންފަހަރު، ފީފާ ކްލަބް ވޯލްޑްކަޕް ހަތަރު ފަހަރު އަދި ސްޕެނިޝް ލީގު ފަސް ފަހަރު ކާމިޔާބު ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.