ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒިފުންގެ ތެރެއިން 562 މީހެއްގެ ގަޔަށް ވެކްސިން ޖަހައިފިއެވެ.
ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މީހުން ގަޔަށް ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަދާއި ހަމައަށް 562 މީހުން ގަޔަށް ވެކްސިން ޖަހާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
Total 562 from #Maldives tourism industry frontline team have been vaccinated since the program was initiated on 4th February.
Thank you all for your continuous support and engagement.#Covid19Dhifaau #AaUmmeedhu— Ministry of Tourism (@MoTmv) February 10, 2021
ވެކްސިނަށް ގިނަ ބަޔަކުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާތީ މިނިސްޓްރީ އިން ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.
ކުރިން ''ޖަޒީރާ'' އާ ވާހަކަ ދައްކަވަމުން ޑރ.މައުސޫމް ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިންގެ ތެރެއިން 10،000 ޑޯޒް ޚާއްސަ ކުރެވިފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށެވެ. ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަންޖެހޭއިރު، 10،000 ޑޯޒުން ވެކްސިން ދެވޭނީ 5000 މުވައްޒަފުންނަށެވެ.
ޑރ. މައުސޫމް ވިދާޅުވީ، މީގެ ތެރެއިން ފުރަތަމަ ޑޯޒް ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަތުރުވެރިންނާއި ގާތުން މަސައްކަތްކުރާ މުވައްޒަފުންނަށް ކަމަށެވެ.