ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 100 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 17،201 އަށް އަރާފައެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 75 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 10 މީހެއްގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 15 މީހަކު ހިމެނެއެވެ.
✳️ COVID-19 : Case Updates
As of 10.02.2021, 06:00 PM
Malé area: 75
Inhabited islands: 10
Operational Resorts: 15
Non-operational Resorts: 0
Live aboard: 0
Islands under development: 0
Industrial islands: 0Total number of cases: 100 pic.twitter.com/lgqP03dMsp
— Health Protection Agency (@HPA_MV) February 10, 2021
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،703 ސާމްޕަލް ނަގައި، ޓެސްޓުކޮށްފައިވެއެވެ. މައުލޫމާތުތައް ދައްކާގޮތުން ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދަނީ 214 މީހަކަށެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ ޖުމްލައަކީ 2،160 އެވެ. މި ބަލިން މިހާތަނަށް ރާއްޖެއިން ވަނީ 14،822 މީހަކު ރަނގަޅުވެފައެވެ.
ކޮވިޑްގެ އަދަދުތައް ރެކޯޑް މިންވަރަކަށް އިތުރުވަމުންދާއިރު ދީފައިވާ ބައެއް ލުއިތައް އަނބުރާ ގެނެސް ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ރޭގަނޑު 08:30 އިން ފެށިގެން ފަތިހު 04:00 އާ ހަމަޔަށް ވެހިކަލް ދުއްވުން މަނާކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 04:00 އަށް ކާފިއު ވެސް ހިންގައެވެ. އެހެން ނަމަވެސް އަދި މި ފިޔަވަޅުތަކުގެ ނަތީޖާ ފެންނަ ގޮތް ވެފައެއް ނުވެއެވެ.