ހުޅުމާލެ ޑިޓެންޝަން ސެންޓަރގައި ބަންދުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތަކު ފިލައިފިއެވެ.
މިކަން ހާމަކޮށް ކަރެކްޝަނުން ކުރި ޓުވީޓެއްގައި ބުނީ، އިމިގްރޭޝަން ޤާނޫނާއި ހިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި އުމުރުން 32 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއް ފިލާފައިވާކަމަށެވެ. އަދި އޭނާ ފިލާފައިވަނީ މިރޭ 19:27 ހާއިރު ކަމަށެވެ.
އިމިގްރޭޝަން ޤާނޫނާއި ހިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓިފައިވާ އަސަނަރ (ބަންގްލަދޭސް.. 32އަހަރު) ވަނީ އެސެންޓަރުން މިރޭ 19:27 ހާއިރު ފިލާފައެވެ. މީނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން މިގެންދަނީ ކުރަމުން pic.twitter.com/F7N0Qb9Uww
— Maldives Correctional Service (@CorrectionsMv) February 10, 2021
އަސަނަރ ނަމަކަށް ކިޔާ މީހާ ހޯދުމުގެ މަސައްކަތް ފުލުހުންްނާއި ގުޅިގެން ކަރެކްޝަނުން ދަނީ ކުރަަމުންނެވެ. ކަރެކްޝަނުން ވަނީ އޭނާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ރިޕޯޓުކުރުމަށް އެދިފައެވެ.