ރައީސް ޔާމީންގެ މަންމަ ފާތިމަތު ހުސެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަންމާފުޅު ފާޠިމަތު ހަސަން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

"ޖަޒީރާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ޔާމީންގެ މަންމާފުޅު ދިރިއުޅުއްވަނީ ސްރީ ލަންކާގައެވެ. އެކަމަނާ އުމުރުފުޅުން މިހާރު 83 އަހަރު ވެފައިވާއިރު، އެކަމަނާ ހިމެނެނީ ހައި ރިސްކް ކެޓެގަރީގައެވެ.

އެކަމަނާއަށް މިހާރު ފަރުވާ ދިނުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން، ލަންކާގެ ހޮސްޕިޓަލެއްގައި އެކަމަނާއަށް އަންނަނީ ފަރުވާ ދެމުންނެވެ.

ރައީސް ޔާމީން މިވަގުތު ހުންނެވީ މަނީ ލޯންޑަރިންގ ދައުވާއެއް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރުމަށްޓަކައި މާފުށި ޖަލުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.