މަސްތުވާތަކެއްޗާއި، ގިނަ އަދަދެއްގެ ފައިސާއާއި އެކު ހުޅުމާލެއިން ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ އެ ޒުވާނާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހުޅުމާލެ ޕޮލިސް އިން ޕެޓްރޯލް ކުރަމުން ދިޔައިރު އެ ޒުވާނާގެ އަމަލުތައް ހުރި ގޮތުން ހުއްޓުވައި ބަލާ ފާސްކުރި އިރު މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 11 ރަބަރު ޕަކެޓާއި، 3 ސެލޯފިން ކޮޅު ފެނުމުން ކަމަށެވެ. މީގެ އިތުރުން 9325 ރުފިޔާވެސް އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުޤީޤު ކުރަމުންނެވެ.