އިސީން ބޭއްވި ޑަމީ އިލެކްޝަނެއްގެ ތެރެއިން ފޮޓޯ: އީސީ

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ނަން އަނބުރާ ނެގުމުގެ ފުރުސަތު މާދަމާ ހަމަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީން ބުނީ، މާދަމާ މެންދުރު 14:00ގެ ކުރިން ނަން އަނބުރާ ނެގުމުގެ ފުރުސަތު ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް އޮންނާނެކަމަށެވެ. އެގޮތުން، ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުން އެކޮމިޝަނުގެ ރަސްމީ އީމެއިލްއަށް ފޯމު ހުށަހެޅޭނެކަމަށެވެ.

އެންމެ ފަހުން އީސީން ހިއްސާކުރި މައުލޫމާތުތައް ދައްކާ ގޮތުން، ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން 188 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. މީގެތެރެއިން އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައިވަނީ ވެރިކަންކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެއީ 84 ކެންޑިޑޭޓުންނެވެ.

ދެވަނަ އަށް އެންމެ ގިނައިން ނަަން އަނބުރާ ގެންގޮސްފައިވަނީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ. އެއީ 67 އެވެ. ޕީޕީއެމްގެ 27 ކެންޑިޑޭޓުންގެ އިތުރުން ޖޭޕީގެ ނުވަ ކެންޑިޑޭޓަކު ވަނީ މިހާތަނަށް ނަން އަނބުރާ ގެންގޮސްފައެވެ.

ކެނޑިޑޭޓުން ނަން އަނބުރާ ގެންދާ އަދަދު ގިނަވާތީވެ ޕީޕީއެމް އަދި އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކައުންސިލް އިންތިހާބު ބާއްވަން ތާވަލުކޮށްފައިވާ ވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. އެކަމަކު ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ބޭއްވިދާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. އެޗްޕީއޭ އިން ވަނީ އިންތިހާބުގައި އަމަލުކުރަންޖެހޭނެ ގޮތުގެ އުސޫލެއް އެކުލަވާލާފައެވެ. ނަމަވެސް މި އުސޫލާއި ގުޅިގެން އޭޗްޕީއޭއާ އީސީއާ ދެމެދު ޚިޔާލުތަފާތުވުންތައް ވަނީ އުފެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.