ޖިންނީންނަކީ މާތްﷲ އިންސާނުން އުފެއްދެވުމުގެ މާކުރިން އުފައްދަވާފައިވާ މަހުލޫގެވެ. ﷲ ތަޢާލާ އިންސީންނާއި ޖިންނީންވެސް އުފެއްދެވީ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ.

ބައެއް ފަހަރު ޖިންނީންގެ ސަބަބުން އިންސާނުންނަށް އެތަކެއް އުނދަގޫތަކެއް ވެއެވެ. ގިނަ ފަހަރަށް ޖިންނީންގެ އުނދަގޫ އިންސާނުންނަށް ޖެހެނީ އެ ޖިންނީން މެދުވެރިކޮށް އިންސީން އެކަން ކުރާތީއެެވެ. މި ދެންނެވީ ސިހުރުގެ ޒަރީއާއިން އިންސާނުން އިންސާނުންނަށް ގެއްލުންދޭތީއެވެ. ބައެއް ފަހަރު އިންސީންގެ ފަރާތުން ޖިންނީންނަށް ގޯނާއެއް ނުވަތަ ހާނިއްކައެއް ވުމުންވެސް ޖިންނީންގެ އުނދަގޫ އިންސާނުންނަށް ވެއެވެ.

ޖިންނީންގެ ތެރޭގައިވެސް މުސްލިމުންނާއި ކާފިރުން ލެއްވިއެވެ. ކާފިރުވީ ޖިންނީންނަކީ ޤިޔާމަތަށް ދާންދެން އިންސާނުންގެ ޢަދުއްވުންނެވެ.

ޢަރަބި ބަހުން "ޖިންނި" މިބަހުގެ މާނައަކީ "ނިވާވެފައިވާ އެތި" ނުވަތަ "ފޮރުވިފައިވާ އެތި" މިއެވެ. އެކި ކަހަލަ ޖިންނީންނަށް ނިސްބަތްކޮށް އެކި ނަންތައް ޢިލްމުވެރިން ކިޔާ އުޅެއެވެ. އެގޮތުން އިންސާނުންނާއެކު ގޭގޭގައި އުޅޭ ޖިންނިއަށް ކިޔަނީ "ޢާމިރު" އެވެ. މީގެ ޖަމްޢަކީ "އުއްމާރު"އެވެ. އަދި ކުޑަކުދިންނަށް ޝަޢުޤުވެރިވާ، ކުޑަކުދިންނާއެކު އުޅޭ ޖިންނީންނަށް ކިޔަނީ "އަރްވާޙް"އެވެ. 

މީގެ އިތުރުން ޖިންނީންގެ ތެރެއިން ނުލަފާ ޖިންނީންނަށް ޝައިތާނުންނޭ ކިޔާއިރު، ޝައިތާނުންވެސް އެތައް ދަރަޖައަކަށް ބެހިގެންވެއެވެ. އެގޮތުން ޝައިތާނުންނަށް ވުރެ ނުބައި ޖިންނީންނަށް "މާރިދު" ކިޔާއިރު މާދިރަށް ވުރެވެސް ނުލަފާ ޖިންނީންނަށް ކިޔަނީ ޢިފްރީތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *