ހިމަބިހި ވެކްސިން ނުޖަހާ ކުދިންނަކީ ކޮބައިތޯ ބަލައި އެ ކުދިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން  މިފަދައިން ވިދާޅުވެފައިވަނީ މިއަދު ހެލްތް މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. 

ހިމަބިއްސާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދަާޅުވެފައިވަނީ، ވެކްސިން ނުޖާހާ، 18 އަހަރުގެ ކުދިންގެ މައުލޫމާތު ހޯދައި އެކުދިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ދަފްތަރު މިކުރަނީ ގަސްތުގައި ވިޔަސް ނުވަތަ އޮޅިގެން ވިޔަސް 18 އަހަރުން ދަށުގެ ވެކްސިން ނުޖަހާ މީހުންނަކީ ކޮބައިތޯ. އެމަސައްކަތް އަޅުގަނޑުމެންނަކަށް 24 ގަޑި އިރު ތެރޭ ނިންމައެއް ނުލެވުނު. އެމަސައްކަތް މިހާރު ކުރެވެމުން އަންނަނީ." އަމީން ވިދާޅުވިއެވެ.

އަދި ހަފްތާއެއްގެ ތެރޭގައި ވެކްސިން ނުޖަހާ ކުދިންގެ ދަފްތަރެއް އެކުލަވާލެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެންމެ ފުރަތަމަ ހިމަބިހި ފެނުނު ސަރަހައްދަށް އިސްކަން ދީގެން މިދިޔަ ދެ ދުވަސް ތެރޭގައި 1240 މީހުންނަށް ވެކްސިން ދީފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *