ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

މުވައްޒަފުންތަކަކަށް ޖިންސީ ގޯނަ ކުރި ކަމުގެ ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ ސަރުކާރުން މަގު ފަހުކޮށްދީގެން ކަމަށް ބުނާ ވާހަކަތައް ރައީސް އޮފީހުން މިއަދު ދޮގުކޮށްފި އެވެ.

އަލީ ވަހީދު ފުރުވާލުމުގައި ސަރުކާރުގެ އަތެއްވާ ކަމަށް ބުނެ އިދިކޮޅުގެ މެމްބަރުންގެ އިތުރުން އާއްމުންގެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ ސަރުކާރު އަމާޒުވެފަ އެވެ.

އެ ތުހުމަތުތަކާއި ގުޅޭ ގޮތުން ރައީސް އޮފީހުގައި ކުރިޔަށް ދިޔަ ޕްރެސްކޮންފަރެންސް ގައި ސުވާލު ކުރުމުގެ ފުުރުސަތު ނުލިބުމުން ޕްރެސް އަށް ފަހު ''ޖަޒީރާ'' އިން ކުރި ސުވާލު ކުރުމުން މަބްރޫކް ވަނީ ސަރުކާރުގެ ނުފޫޒެއް އެކަމުގައި ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ކޯޓުތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ކޯޓުތަކަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ

ޖިންސީ ކުށުގެ ހަތް ދައުވާ އުުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓް އޮތީ އިއްޔެ އާއި ހަމަޔަށް ހިފަހައްޓާފަ އެވެ.

އިއްޔެ ބޭއްވި އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމުގައި ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު ވަަނީ މުރާޖާކޮށްފައެވެ. އެގޮތުން ޝަރީއަތުގެ މަޖިލީހަށް އޭނާގެ ޑޮކްޓަރަކު ހާޒިރުކުރުމުން އޭނާގެ މައި ބަދައިގެ ޑިސްކްތަކެއް ގުޑާފައިވާ ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.

ޑޮކްޓަރު މިގޮތަށް ޝަރީއަތުގެ މަޖިލީހުގައި ބުނުމާއި ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ވަނީ ބާތިލްކޮށްފަ އެވެ. އަދި މިއަދު އިރު އޮއްސުނު ވަގުތު އަލީ ވަހީދު ރާއްޖެއިން ފުރައިގެން ގޮސްފައިވާކަން ވަނީ "ޖަޒީރާ" އަށް ކަށަވަރުކުރެވިފަ އެވެ.

އޭނާ ރާއްޖެއިން ފުރައިގެން ދިޔައީ ކޮން ގައުމަކަށް ކަން އަދި ކަށަވަރުވެފައިނުވާއިރު ރާއްޖެއިން ފުރައިގެން ދިޔަ ސަބަބު ވެސް ޔަގީންކުރެވިފައެއް ނުވެ އެވެ.

އަލީ ވަހީދު ވަނީ އޭނާ އަށް ކޮށްފައިބވާ ހުރިހާ ދައުވާއަކަށްވެސް އިންކާރު ކުރައްވަފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.