ހަފްތާއެއް ނުވަނީސް "ޗަޕާކް"އަށް 23 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިއްޖެއެވެ.
ދީޕިކާ ޕަދްކޯންގެ ފުރަތަމަ ޕްރޮޑަކްޝަން ޗަޕާކު އިންޑިޔާގެ ސިނަމާތަކުގައި މިދިޔަ ހުކުރު ދުވަހު ދައްކަން ފެށިއިރު، ޗަޕާކް ވެފައިމިވަނީ މިހާރު އެންމެ އަޑު ހަރުކޮށް އިންޑިއާގައި ދެކެވޭ އެއްވާހަކައަށެވެ. ޗަޕާކްގެ ސްކްރީން ޕްލޭ ތައްޔާރުކޮށްފައިވަނީ ފިލްމްގެ ޑައިރެކްޓަރ މެގްނާ ގުލްޒާރެވެ.
ފިލްމް ބެލި ގިނަބަޔަކު ބުނާގޮތުގައި މި ފިލްމް ބަލާ ކޮންމެ މީހަކަށް ފިލްމުން ގިނަ އިބްރަތްތަކެއް ލިބޭނެއެވެ. އިންޑިއާގެ އިތުރުން، މި ފިލްމަށް ދުނިޔޭގެ އެހެން ގައުމުތަކުންވެސް އަންނަނީ ބޮޑު ތަރުހީބެއް ލެބެމުންނެވެ. 45 ކްރޯޑް ރުޕީސްއިން އުފައްދާފައިވާ މި ފިލްމަށް ކުރިއަށް މިއޮތް ހަފްތާ ބަންދުގައި ލިބޭ އާމްދަނީ ދެގުނައަށް އިތުރުވެގެންދާނެ ކަމަށް ބޮލީވުޑްގެ ހަބަރުފަތުރާ ތަންތަނުން ބުނެއެވެ.
ޗަޕާކުގެ ވާހަކަ ބިނާވެފައިވަނީ 2005 ވަނަ އަހަރު އިންޑިއާގައި އެސިޑް ހަމަލާ ދިން 15 އަހަރުގެ ލަކްޝްމީ އަގަރްވާލަށެވެ. އޭނާއަށް މި ހަމަލާދިނީ އުމުރުން 32 އަހަރުގެ ނައީމް ޚާން ކިޔާ މީހެކެވެ.