ފަރެސްމާތޮޑާ އެއާޕޯޓުގައި ނިންމުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީއިން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ފަރެސްމާތޮޑާ އެއާޕޯޓުގައި ނުނިމި ހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީގެ މި އިއުލާނުގައިވެއެވެ. އަދި މި މަސައްކަތަށް ކުރިމަތިލެވޭނީ އެ ރަޖިސްޓަރީގެ GC02 ގެ ގްރޭޑް 1 އަށް ޝަރުތު ހަމަވާ ކޮންޓްރެކްޓަރުން ނަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތުގެ ބީލަމުގައި ބައިވެރިވާން ދައްކާ 1500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ  ބަލައިގަންނާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހަށެވެ. އަދި މި މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ހުށަހަޅަން ޖެހެ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ އިތުރުން ، މިސަރުކާރުން މި އަހަރު އަލަށް ހުޅުވަން ގަސްދުކުރާ އެއާޕޯޓް ތަކަކީ ހއ. ހޯރަފުށި އެއާޕޯޓާއި ށ. ފުނަދޫ އަދޮ ޅ. މަޑިވަރު އެއާޕޯޓާއި ގދ. މާވާރުލު އެއާޕޯޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *