ކުރީގެ ރައީސް މައުމޫން ވެކްސިން ޖައްސަވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޮވިޑް-19 ވެކްސިން މިއަދު ޖައްސަވައިފި އެވެ.

މައުމޫންގެ ދެކަނބަލުން ވެކްސިން ޖެއްސެވީ ސެނަހިޔާ ހޮސްޕިޓަލުގަ އެވެ.

މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފައިވާ ރައީސް މައުމޫން އަކީ ހައިރިސްކު ކެޓަގަރީ ގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ރައީސް މައުމޫން ކޮވިޑް ވެކްސިން ޖައްސަވާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކުގެ އިތުރުން ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލާއި، ނައިބް ރައީސް ފައިސަލް ނަސީމްވެސް ވަނީ ކޮވިޑް ވެކްސިން ޖައްސަވާފަ އެވެ.

ވެކްސިން ޖެއްސެއްވުމަށް ފަހު ހުރިހާ ބޭފުޅުންވެސް ބާރުއަޅުއްވަނީ ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖަހަންށެވެ.

ވެކްސިން ޖައްސަވާފައި ނުވަނީ ޖަލުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އެކަނި އެވެ. އެހެން ގައިދީންތަކަކޭ އެއްފަދައިން އެމަނިކުފާނަށްވެސް ވެކްސިން ދެއްވާނެ ކަމަށް ކަރެކްޝަނުން ވަނީ ބުނެފަަ އެވެ.

ރާއްޖޭގައި ޖަހަމުންދަނީ އިންޑިއާގެ ކޮވީޝީލްޑް ވެކްސިނެވެ. އިންޑިއާއިން ވަނީ ކޮވީޝީލްޑްގެ އެއް ލައްކަ ޑޯޒް ރާއްޖެ އަށް ހަދިޔާކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.