އައްޑޫގައި ތަރައްގީކުރި އާ ޓާޝަރީ ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު ހިދުމަތްދޭން ފަށައިފިއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ނެރެފައިވާ އިއުލާނެއްގައި ބުނީ، އެ ހޮސްޕިޓަލުން މިއަދުން ފެށިގެން 11 ހިދުމަތަކަށް ޑޮކްޓަރުން ބައްލަވާނެ ކަމަށެވެ. ނަމަވެސް ލޮލުގެ ބަލިތަކާއި އެތެރެހަށީގެ ބަލިތަކަށް ކުރިއެކޭ އެއްގޮތަށް އަދިވެސް ހިދުމަތް ދޭނީ ރީޖަނަލް ހޮސްޕިޓަލުން ކަމަށެވެ.
އޭއީއެޗް އިން މިއަދު އާންމު ބަލިތަކާއި ދަތުގެ ބަލިތައް، ސްކޭން، ކުޑަކުދިންގެ ބަލިތައް، އޮޕަރޭޝަންސް، ކަރުންމަތީގެ ބަލިތައް، ކަށީގެ ބަލިތައް، ނަފުސާނީ ބަލިތައް، އަންހެނުންގެ ބަލިތައް، ހަމުގެ ބަލިތައް އަދި ހިތުގެ ބަލިތަކަށް ފަރުވާދޭން ފަށާނެއެވެ.
އައްޑޫގެ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.