ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ މެންބަރު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން މަޖިލީހަށް ވައްދައިފި އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ފަރާތުން، މިނިސްޓަރ މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވާކަމަށެވެ. ނަމަވެސް މައްސަލާގައި ސޮއިކުރައްވާފައިވަނީ ޖުމްލަ ކިތަކެއް މެމްބަރުންނެއް ކަމެއް އާޒިމް ވިދާޅެއް ނުވެ އެވެ.

މަލީހު ވަކި ކުރުމުގެ މަސައްކަތް ފެއްޓެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އިސްވެ ހުންނަވައިގެނެވެ.

މަލީހާ ދެކޮޅަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ސަރުކާރަށް ދެ އަހަރު ފުރޭއިރު، ޓެެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވައިދެއް ނުހެދުމާއި ޓެލެކޮމް ސިނާއަތު ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކު ދައުލަތަށާއި ރައްޔިތުންނަށް ގެއްލުންވާތީ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި މަލީހު މީގެކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައްސަލާގައި ހަވާލާދީފައިވާ ގާނޫނު ޝަރަހަކޮށްފައިވަނީ ނުބައިކޮށް ކަމަށެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަނީ، ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދޭ ހައްގެއްގެ ބޭނުން މިނިސްޓަރަކު ހިފުމުން ކަމަށެވެ. ޓެލެކޮމް މިނިސްޓްރީގެ ކަންކަން ހިނގާ ގޮތް އޮޅުންފިލުއްވުމަށް ވެސް މަލީހު ވަނީ ގޮވާލައްވާފައެވެ.

0
0
1
1
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.