ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ، މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީގެ ކުރީގެ ބޮޑީގާޑު އަޙްމަދު ފައްތާޙަށް ވަޒީފާ އަނބުރާ ދޭން މިއަދު ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު ޙުކުމުގައި ވާ ގޮތުން ޤާނޫނާއި ޙިލާފަށް އަޙްމަދު ފައްތާޙު ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ބަދަލެއްގެ ގޮތުގައި 18 އޮގަސްޓް 2016 އިން ފެށިގެން 01 އަހަރުގެ ދުވަހުގެ މުއްދަތުގެ މުސާރައާއި ޢިނާޔަތައްވާ، އެއްލައްކަ އައްޑިހަތިރީސްހާސް ހަތްސަތޭކަ ވިހި ރުފިޔާ އާއި، މި މުއްދަތުގެ ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ޙައްޤުވާ ފައިސާ، ދިނުމަށެވެ.

މީގެ އިތުރުން މި ފައިސާ 15 ޖަނަވަރީ 2020 އިން ފެށިގެން 01 މަސް ތެރޭގައި ސިވިލްކޯޓައް ދައްކާ ހަލާސްކުރުމަށްވެސް އެ ހުކުމްގައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *