ރާއްޖެ ތަރައްގީ ކުރުމަކީ ހަމައެކަނި މާލެ ތަރައްޤީ ކުރުން ނޫން ކަމަށާއި، އަމާޒަކީ މާލެއާއި އަތޮޅު ތެރޭގެ ފަރަގު ނައްތާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީގައި މިއަދު ފެށި "ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، މާލެ އާއި އަތޮޅުތަކުގެ މީހުންނަށް ބަލާއިރު ވަރަށް ބޮޑު ތަފާތެއް ފެންނަން އެބަހުރި ކަމަށެވެ. 

އަދި ދުވާލެއްގެ މައްޗަށް 74ރ ނުލިބޭ މީހުން އަތޮޅު ތެރޭގައި ގިނަ ކަން ރައީސް ފާހަގަކުރެއްވިއެވެ.

"މާލެ އާއި އަތޮޅުތަކާއި ބަލާއިރު ވަރަށް ބޮޑު ތަފާތެއް އެބަހުރި. މާލޭގައި މިއަދަދު ނުލިބޭ ވަޒީފާ އަދާ ކުރާ މީހުންގެ ޕަސެންޓެޖަކީ 1.7 ޕަސެންޓް. އެއާއި ހިލާފަތް އަތޮޅުުގައި 12.8 ޕަސެންޓް. މި ފަރަގު ނައްތާލަން އަޅުގަނޑުމެން މި އުޅެނީ. މިފަރަގު ނައްތާ ނުލެވި މި ރާއްޖެއަކަށް ތަރައްގީއެއް ނުގެނެވޭނެ." ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖެ ތަރައްޤީ ކުރުމަކީ ހަމައެކަނި މާލެ ތަރައްޤީ ކުރުން ކަމުގައި ދެކިވަޑައި ނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖެ ތަރައްގީ ކުރުމަކީ ހަމައެކަނި މާލެ ކައިރީގައި އޮތްތަނެއް ނުވަތަ މާލެ ތަރައްގީ ކުރުމެއް ނޫން. އެއަކުން ރާއްޖޭގެ ރައްޔިތުންނަކަށް ކުރިއެރުމެއް ލިބޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައިވެސް ވިސްނަން ޖެހޭ އެތައް ކަމެއް އެބަހުރި ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *