މަސްތުވާތަކެއްޗާއި އެކު ވެލިދޫއިން 18 އަހަރުން ދަށުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ނ. ވެލިދޫގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ކުއްޖާ ހައްޔަރުކޮށްފައިވަނީ ވެލިދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެެ 14:00 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ ކުއްޖާ ހައްޔަރުކޮށް އެވަގުތު އެކުއްޖާހުރި ގެ ބަލައި ފާސްކުރިއިރު މަސްތުވާ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް އެއްޗެއްހުރި 28 ސެލޯފިންކޮޅު ފެނިފައިވެއެވެ.
އަދި އެ ގޭ ގޯތިތެރެ އިތުރަށް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ހުރި 266 ސެލޯފިންކޮޅު ވަޅުލާފައި ހުއްޓައި ފެނިފައިވެއެވެ.
ވެލިދޫ ޕޮލިސް ސްޓޭޝަން އިން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.