އައްޑޫ ސިޓީ އިސްމެހެލާ ހެރައިގައި ހިންގަމުން އަންނަ ސައުތް ޕާލްމް ރިސޯޓުގެ މުވައްޒަފަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި އޮތްވާ ފެނުނީ އެ ރިސޯޓުގެ ސެކިއުރިޓީ މެނޭޖަރުގެ މަގާމު އަދާ ކުރަމުންދިޔަ ސ. ފޭދޫ، އަންދަލީބުގެ ،މުހައްމަދު އިކުލީލު، (އިކޫ)އެވެ. އަދި އޭނާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ހުންނަ ކޮޓަރިންނެވެ.
ފުލުހުންގެ ވިދާޅުވީ، އޭނާ ނިޔާވެފައި އޮތްކަން އެނގުނީ ޑީއުޓިއަށް ނައިސްގެން ބެލިއިރު ކަމަށާއި، އޭނާ ނިޔާވެފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު 9:19 ހާއިރު ކަމަށެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.