ފަސް ރޮކެޓް ހަމަލާއެއް އިރާޤުގެ ތާޖީގައި ހުންނަ އެމެރިކާ ސިފައިންގެ އަސްކަރީ މަރުކަޒަށް ރޭގަ ވަނީ ދީފަ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ބުނެފިއެވެ.
މި ރޮކެޓް ހަމަލާތައް ދިނީ ކޮން ބައެއް ކަން ސާފުނުވާއިރު، ހަމަލާތަކުގެ ސަބަބުން އެމެރިކާ ސިފައިންގެ މީހަކަށް ގެއްލުމެއް ލިބުނު ކަން މީޑިއާތަކަށް އަދި ކަށަވަރު ނުވެއެވެ.
ހަމަލާތައް އަމާޒުވި އެމެރިކާގެ އަސްކަރީ މަރުކަޒަކީ އިރާޤުގެ ވެރިރަށް ބަޣުދާދާއި ކައިރި އަވަށެއްގައި ހުރި އަސްކަރީ މަރުކަޒެކެވެ.
ރޭ އެމެރިކާގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާ އާއި ގުޅޭ ގޮތުން އެމެރިކާ އިން ވެސް އަދި އީރާނުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.