ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް.

ތަރައްގީ ކުރުމަށް ދޫކޮށްފައިވާ 85 ރަށާއި ފަޅު ތަރައްގީ ނުކުރެވި ގިނަ ދުވަސްތަކެއް ވަމުންދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ އެކި އެކި ފަރާތްތަކަށް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ތަފްސީލް ދެއްވާފައެވެ. އަދި އެ ރަށްތައް ތަރައްގީ ކުރަން ނެފުށި ގިނަ ދުވަސްތަކެއް ވަމުންދާތީ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ރަށުގެ ގޮތުގައި އޮތީ 61 ތަން. ދެން އޮތީ 24 ފަޅު. އެ ފަޅުތަކުގެ ތެރެއިން 5 ފަޅު މިހާރު އޮތީ ހިއްކާފަ. އަނެއް ފަސް ފަޅު ހިއްކުމުގެ އެކި އެކި މަރުހަލާގައި. އަނެއް 14 ފަޅު ކަނޑުއަޑީގައި ފަޅުގެ ގޮތުގައި.

މިކަމަށް ހައްލެއް ގައުމަށް ކުރަމުންދާ މަސައްކަތްތައް މެމްބަރުންނާއި ހިއްސާ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިހާރު އެ 85 ރަށުގެ އެގްރީމެންޓް އޮތް ފަރާތްތަކާއި ބައްދަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އަންނަ މާޗް މަސް ނިމޭއިރު އެ މަސައްކަތް ނިމި ތާވަލެއް ހެދޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުތަކަށް އިޝާރާތް ކުރައްވާ މެމްބަރު ވަނީ އެގްރީމެންޓް ހަދާފައިވާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބޭ ކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރަށުގެ އެކި ބައިބައި ކުއްޔަށް ދީގެން ތަރައްގީ ކުރުމުގެ މަގު ތަނަސްވެފައިވާކަން ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.