އެއްމާބަނޑު ދެކުދިން ލިބުމަކީ ކޮންމެ ދެމަފިރިޔަކުވެސް ދެކެމުން އަންނަ ހުވަފެނެކެވެ. އެއީ ދެވަނަ ފަހަރަށް ކުއްޖަކު ހޯދަން ނޫޅި އެއްފަހަރުން ދެކުދިންގެ ޒިންމާ ފަސޭހަކަމާއި އެކު ނެގޭނެ ކަމަށް ގަބޫލުކުރެވޭތީއެވެ. ނަމަވެސް ބައެއް މީހުން ދެކޭގޮތުގައި، ދެކުދިން އެއްފަހަރާ ބެލުމަކީ އުނދަގޫވާނެ ކަމެކެވެ.
މިފަހަރު މި ކަން ދިމާވެގެން މިއުޅެނީ އެމެރިކާ އާއި ޖަރުމަނުގެ ދެމަފިރިންނަށެވެ. ދެ އަހަރެއްގައި މިދެމީހުންގެ ދަރިން އުފަންވި ނަމަވެސް އުފަންވި ވަގުތަށް ބަލާއިރު އުޅެނީ މިނެޓުތަކެއްގެ ތަފާތެކެވެ.
ޖަރުމަނުގައި އުފަންވި ދެކުދިން ލިއޯން އުފަންވީ، ނޮއެލްއަށް ވުރެ އެއް ގަޑިއިރު ކުރިންނެވެ. ލިއޯން އުފަންވީ 31 ޑިސެމްބަރު 2019 ގެ 11 ގަޑި 24ގައެވެ. އަދި ނޮއެލް އުފަންވީ 1 ޖެނުއަރީ 2020 ގެ 00:24 ގައެވެ. މިދެކުދިންގެ އުފަންދުވަހު ސެޓްފިކެޓްގައިވެސް ވަނީ ތަފާތު އަހަރެކެވެ.
ހަމަ މިއާއި އެކު، އެމެރިކާއަށް އުފަންވި ޖޯސްލީން އާއި ޖޭޒަން ވެސް އުފަންވުމުގައި 30 މިނެޓުގެ ތަފާތު ހުއްޓެވެ. ޖޯސްލީން އުފަންވެފައިވަނީ 31 ޑިސެމްބަރ 2019 ގައެވެ. އަދި ޖޭޒަން އުފަންވީ 1 ޖެނުއަރީ 2020ގައެވެ.
މި ހަތަރު ކުދިންގެވެސް ހާލު ރަނގަޅުކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ.