ރަސްމީ ދަތުރުފުޅެއްގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުފުޅެގެ ތެރެއިން ދެ ޤައުމުގެ ދެމެދު 2 އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ރާއްޖެ އާއި ބަންގްލަދޭޝް އާއި ދެމެދު ސޮއިކުރެވުނު 2 އެމްއޯޔޫ އަކީ:
- - ދެޤައުމުގެ ފޮރިން ސަރވިސް އިންސްޓިޓިއުޓްތަކުގެ މެދުގައި ކުރެވުނު އެމްއޯޔޫ
- - ދިވެހިރާއްޖެއަށް ބަންގްލަދޭޝްއިން މަސައްކަތްތެރިން ގެނައުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމާ ގުޅޭ އެމްއޯޔޫ
ރާއްޖޭގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އެވެ.
ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ޝާހިދު ވަނީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީގެ އިތުރުން ފޮރިން ސަރވިސް އެކަޑަމީއަށް އިއްޔެ ޒިޔާރަތްކުރައްވާފައެވެ.