ރާއްޖޭގައި ފަތުރުވެރިންނަށް ވެކްސިން ދީ، 'ވެކްސިން ވެކޭޝަން' ޕްރޮގްރާމެއް ފެށުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެކްސިން ޓުއަރިޒަމް ޕްރޮމޯޓް ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭތޯ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ވެކްސިން ޓުއަރިޒަމް ޕްރޮމޯޓް ކުރުމަކީ ރައީސް ސޯލިހުގެ ވިސްނުންފުޅެއް ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ފަތުރުވެރިން ރާއްޖޭގައި ހަތަރު ހަފްތާވަރު މަޑުކުރާނެކަމަށް ލަފާކުރެވޭ ކަމަށާއި، ދިގު މުއްދަތަކަށް ފަތުރުވެރިން ތިބުމަކީ ފައިދާކުރާނެ ކަމެއް ކަމަށެވެ. 

އެންމެ ބޮޑު ފައިދާއެއް ލިބިގެންދާނީ ވެކްސިން ޑަބަލް ޑޯޒް ޖެހުން އެބައޮތް، އެހެންވީމާ އެއްބައި ސައިންސްވެރިން މި ބުނަނީ ހަތަރު ހަފްތާއަށް ފަހު ދެވަނަ ޑޯޒް ޖަހާގޮތަށް. ދެން ބައެއް މައުލޫމާތުގައި އެބަހުރި ތިން ހަފްތާއަށް ފަހު ވެކްސިން ޖަހާގޮތަށް. ކޮންމެ ގޮތެއްވިޔަސް ތިން ހަފްތާއަށް ފަތުރުވެރިން ތިބޭނެ. އެހެންނޫނީ ހަތަރު ހަފްތާ. ދިގު މުއްދަތަކަށް ފަތުރުވެރިން ތިބުމަކީ ވަރަށް ފައިދާ ވާނެ ކަމެއް

މިނިސްޓަރ ވިދާޅުވިގޮތުގައި ފަތުރުވެރިންނަށް ވެކްސިން ދިނުމަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސްޓޮކުގެ ތާށިކަން ކަމަށެވެ. އެއީ ފުރަތަމަ ރާއްޖޭގައި ދިރިއުޅެމުންދާ އާބާދީއަށް ވެކްސިން ދިނުމަށް އަމާޒުހިފާފައިވާތީ ކަމަށެވެ.

އެހެންނަމަވެސް އެޗްޕީއޭ އިން އެ ހުއްދަ ދޭ ހިސާބުން ފެށިގެން މި ޕްރޮގްރާމް ފައްޓަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *