ޗައިނާގެ މަގެއްގައި އުފެދުނު ބޮޑު ވަޅުގަނޑަކަށް ޕަސިންޖަ ބަހެއް ދަމައިގަނެ ހަ މީހުން މަރުވެއްޖެއެވެ.

ހޮސްޕިޓަލުގެ ބޭރުގައި އުފެދުނު ވަޅުގަނޑުގެ ބޮޑުމިނުގައި 860 އަކަ ފޫޓު ހުރި އިރު، ޕްރޮވިންސްގެ ވެރިރަށް ޝިނިންގައި އިއްޔެ ހަވީރު ހިނގި މިހާދިސާގައި ގެއްލުނު މީހުން ހޯދަން 1،000 އަށް ވުރެ ގިނަ މީހުންނާއި 30 ވެހިކަލް ބޭނުން ކުރަމުންދާ ކަމަށް ޗައިނާގެ ރަސްމީ މީޑިއާއިން މައުލޫމާތުދެއެވެ.

މަގުމަތީގައި އުފެދުނު ވަޅުގަނޑު ނުވަތަ ސިންކްހޯލުން މީހަކު މައްޗަށް ނަގާ މަންޒަރު ޗައިނާ ސަރުކާރުގެ ބްރޯޑްކާސްޓަ ސީޖީޓީއެން އިން ދައްކާފައިވެ އެވެ.

ޒިންހުއާ އިން ބުނީ އެ ހާދިސާގައި ޒަޚަމްވި 16 މީހުންނަށް ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށާއި އެ މީހުން ހާލު ރަނގަޅު ކަމަށެވެ.

ޗައިނާގައި ސިންކްހޯލް އުފެދޭ ސަބަބެއް ކަމަށް ބުނެފައި ވަނީ އިމާރާތް ކުރުމާއި އެކި އެކި ސިނާއީ މަސައްކަތްތަކުގެ ތެރޭގައި ފަސްގަނޑު ދޫވުމުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *