ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ފޮޓޯ: ރައީސް އޮފީސް

އަވަސް މުސްތަގުބަލެއްގައި ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޭނުންވާ ކޮވިޑް ވެކްސިން އިންޑިއާއިން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ޑިފެންސް މިނިސްޓަރު ރާޖުނަތު ސިންގް ދެއްވާފައިވާ ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ އެހެން ވިދާޅުވީ، މިނިސްޓްރީން ނެރޭ ހަފްތާގެ އައްޑަނައިގެ މި ހަފްތާގެ އަދަދުގައި ލިޔުއްވާފައިވާ ލިޔުމުގައެވެ.

މާރިޔާ ވިދާޅުވި ގުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ވަގުތު ތަކުގައި އައު ތަޖުރިބާ އާއި އެކިއެކި ކުރިއެރުންތައް ދިވެހި ސިފައިންނަށް ލިބިގެން ދިޔުމަކީ ގައުމަށް ލިބިގެންދާ އިތުރު ކުރިއެރުމެއް ކަމަށެވެ.

އެކަމަނާ ވިދާޅުވީ، ގައުމުތަކާއެކު ގުޅުން ބަދަހިވުމުން ދިވެހި އަސްކަރިއްޔާ ކުރިއެރުމަށް މުޅިން އައު ތަޖުރިބާތަކެއް ފަހިވެ ފައްކާވަމުންދެ އެވެ. އެގޮތުން ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް އަސްކަރީ ބޮޑެތި ގައުމުތަކުން ސިފައިންނަށް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ގައުމުތަކާއެކު ގުޅުން ބަދަހިކުރުމުން ހަމަ ޔަގީނުން ވެސް ދިވެހި ސިފައިންނަށް ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ގިނަ ގުނަ ފަސޭހަތަކެއް ލިބޭނެ ކަމަށާއި، ދިވެހި ކަނޑުތަކަށް ވަގަށް ވަދެ އުޅޭ ބޭރުގެ މަސް ބޯޓުތައް އަތުލައިގަނެ މަސް ކަނޑުތައް ހިމާޔަތްކޮށް ޓެރަރިސްޓު ހަމަލާތަކާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތް ފުޅާކޮށް ގިނަ ހޯދުންތައް ހޯދުމަށް ކުރިއެރުންތައް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ކުރިޔާ ހިލާފަށް ހައިބްރައިޑް ތްރެޓްސްގެ ނުރައްކާ ބޮޑުވެފައިވާ މިޒަމާނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ވިހާވެސް ބޮޑަށް ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލްކަން އަސްކަރިއްޔާއިން ފެންނަމުންދާކަން ރައްޔިތުން މިއަދު ބަލައިގަންނަކަން މާރިޔާ ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.