ކ. މަހާނައެޅިހުރާގެ ސަބްލީސް ރައިޓްސްގެ މައްސަލާގައި ސުވާލުކުރުމަށް، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހާޒިރުކުރުމަށް އެޖެންޑާކޮށްފި އެވެ.

މިނިސްޓަރ މައުސޫމާއި ސުވާލުކުރަން ހުށަހަޅާފައިވަނީ ތޮއްޑޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާން އެވެ.

ސުވާލެއްގެ ގޮތުގައިި ހުށަހަޅުއްވާފައިވަނީ 10 ނޮވެމްބަރު 2020 ގައި ހައިކޯޓުން ނިންމި ޤަޟިއްޔާގައި ކ. މަހާނައެޅިހުރާގެ ސަބްލީސް ރައިޓްސް މިނިސްޓްރީ އޮފް ޓޫރިޒަމްގައި ރެޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި ރިހިވެލި ބީޗް ރިސޯޓްގެ ސަބްލީސް ރައިޓްސް ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އަތުގައި ނެތްކަން އެނގޭތީ، ސިވިލް ކޯޓުން ވިއްކާލުމަށް ހުކުމްކޮށްފައިވަނީ ވުޖޫދުގައި އެވަގުތު ނެތް ހައްގެއްކަމުގައި ބަޔާންކޮށްފައިވާކަމަށެވެ.

އެހެންކަމުން މެމްބަރުގެ ސުުވާލެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިއޮތް ހައްގެއް ވުޖޫދުގައި ނެތިގެން ދިޔައިރު، އެގޮތަށް ނެތިގެން ދިޔައީ ޓޫރިޒަމް މިނިސްޓްރީއަށް އެނގިހުރެތޯ އެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.