ފެނަކައިގެ ބައެއް ބްރާންޗްތަކުގެ ނަރުދަމާ ނިޒާމު ޒަމާނީ ނިޒާމްތަކަކަށް ބަދަލުކޮށްްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

ފެނަަކައިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުންފުނީގެ ބައެއް ބްރާންޗްތަކުގެ ނަރުދަމާ ނިޒާމު ޒަމާނީ ނިޒާމްތަކަކަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުމުގެ ދަޢުވަތު އަލުން ހުޅުވާލާ ކަމަށެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރަސްޓް މައުލޫމާތު ކަރުދާހުގައިވާ ގޮތަށް ހުށަހެޅުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ހުޅުވާލާފައިވާކަމަށް އިއުލާންގައިވެއެވެ.

އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެކްސްޕްރެޝަން އޮފް އިންޓްރަސްޓް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން ހުށަހެޅުއްވުން އެދޭކަމަށްވެސް އިއުލާންގައި ބުނެފައިވެއެވެ.

ރާއްޖޭގެ ކޮންްމެ ރަށެއްގައި ރަނގޅު ނަރުދަމާގެ ވަސީލަތާއި ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދެކެވެ. ސަރުކާރުގެ އަންދާޒާއަކީ މި އަހަރު ނިމޭއިރު، ކޮންމެ ރަށަކުންވެސް ފެނާއި، ނަރުދަމާ ލިބޭނެ އިންްތިޒާމްތައް ހަމަޖެއްސުމެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.