ސްޓޭޓް ބޭންކް އޮފް އިންޑިއާ ކުރިމަތީގައި ގްރޫޕަކުން ޒުވާނަކަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.
މި ހާދިސާ ހިނގައިފައިވަނީ މިއަދު ހަވީރު ހަތަރެއްޖަހާ އެހާކަންކާއިރު އެވެ.
އެ މާރާމާރީގެ ވީޑިއޯއެއް ވައިރަލްވެފައިވާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި 9 މީހުންގެ ގްރޫޕަކުން ޒުވާނަކަށް އަނިޔާކޮށް ބިންމައްޗަށް ވައްޓާލައެވެ.
އެ ޒުވާނާއަށް އަނިޔާކުރަނިކޮށް، އެތަނަށް ފުލުސް މީހެއް އައުމުން ސައިކަލު ތަކެއްގައި އެ ގްރޫޕު ދާ މަންޒަރު ފެނެއެވެ.
މި މާރާމާރީއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.