ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދިނުމަކީ އިންސާފު ގެއްލޭނެ ކަމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކެމްޕެއިނަށް ހދ. ހަނިމާދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސްކަންވެސް ކުރައްވަމުން އަންނަ، ރައީސް ނަޝީދު މިއަދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް ދަންނަ ނިޒާމެއް ނޫން ކަމަށެވެ. އަދި އެ ބޭފުޅުންނަށް އެކަމެއް ނުކުރެވޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމް އަލުން ގެނައީ އެމްޑީޕީން ކަމަށެވެ.
"އަޅުގަނޑުމެން އަލުން އަނބުރާ ލާމަރުކަޒު ނިޒާމް މި ރާއްޖޭގައި ގާއިމް ކުރީމަ އަޅުގަނޑު ރޭގައި ދިއްދޫގައި ދެންނެވިން، މި ޕާޓީ ހަދާ ހާއްޔަށް އެހެން ބަޔަކު ބިސް އަޅަން އަންނާނެ ކަމެއް ނެތޭ... އެ ބޭފުޅުން ދަންނަ ކަމެއް ނޫން އެއީ. ރައްޔިތުންނާ ގުޅިގެން ވެރިކަން ކުރުމަކީ އަޅުގަނޑުމެން ކުރާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އިދުކޮޅު ފަރާތްތަކުން ބޭނުންވީމާލޭގަ އާއި ހަނަފަސް ހިކި ބިމެއްގެ ހަތަރެސްކަން ގޮޅިއަކަށް ހުރިހާ ރައްޔިތުން އަޅާލަން ކަމަށެވެ.