އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިއަދު ހެނދުނު ކަރަންޓު ދިޔައީ އިންޖީނަށް ދިމާވި، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ބުނެފި އެވެ.
ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖަރު ހަސަން އަރީފު ވިދާޅުވީ ކަރަންޓު ކެނޑުނީ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި މިހާރު މައްސަލަ ހައްލުކޮށް، އެއާޕޯޓަށް ކަރަންޓް ދީފައިވާ ކަމަށެވެ.
އަދި ކަރަންޓު ގޮސްގެން ދިމާވި ދަތިތަކަށްޓަކައި ހިދުމަތް ހޯދާ މީހުންގެ ފަރާތުން މައާފަށް އެދޭކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ވީއައިއޭ އިން މިއަދު ހެނދުނު ކަރަންޓު ކެނޑިފައިވާއިރު ކަރަންޓު ލިބުނީ ގާތްގަނޑަކަށް 20 މިނެޓު ފަހުންނެވެ.