އައިލެންޑް އޭވިއޭޝަނުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޤުރުއާން މުބާރާތް މި އަހަރުވެސް ބާއްވަން ނިންމައިފިއެވެ.
އެކަން ހާމަކޮށް އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ، މި މުބާރާތަކީ އަށް އަހަރުގެ ދަށުގެ އުމުރު ފުރާ ކުދިންނަށް އާއްމުކޮށް ހުޅުވާލައިގެން ބޭއްވޭ މުބާރާތެއް ކަމަށެވެ. މިއީ މު މުބާރާތް ބާއްވާތާ އަށް ވަނަ އަހަރެވެ.
އައިލެންޑް އޭވިއޭޝަންއިން ވިދާޅުވީ، މިއަހަރުގެ މުބާރާތްވެސް ބާއްވާނީ ރަމަޟާން މަހުގައި ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް މިހާރު ވަނީ ހުޅުވާލައިފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، ގަވާއިދު މިހާރުން ފެށިގެން ކުންފުނީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެއެވެ.
މި އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 31 މާރިޗް 2020 ވަނަ ދުވަހުގެ މެންދުރު ފަހު 13:30 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި މުބާރާތުގައި ބައިވެރިވިމަށް ފޯމް ހުށަހަޅަން ޖެހޭނީ ކުންފުނީގެ ކޯޕަރޭޓް ހެޑް އޮފީސް ރިސެޕްޝަނަށް ކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.