މުޅި ދުނިޔޭގައިއާއި ދިވެހިންގެ ތެރޭގައި މަޤްބޫލު ސްޕެއިންގެ ސީރީޒެއް ކަމަށްވާ "މަނީ ހެއިސްޓް"ގެ މައުލޫމާތު ނެޓްފްލިކްސް އިން ވަނީ ބެލުންތެރިންނާ ހިއްސާކޮށްފައެވެ. އެންމެ ފަހު ސިޒަން މިއަހަރު ބެލުންތެރިންނާއި ހިސާބަށް އަންނަން ހަމަޖެހިފައިވާއިރު ބެލުންތެރިންް ތިބީ ފަހު ސީޒަނަށް ކެތްް މަދުވެފަ އެވެ.
ޓްވިޓާގައި ބެލުންތެރިއެއް "މަނީ ހެއިސްޓް" ގެ ސީޒަން 5 ދެ ބަޔަކަށް ބެހިގެން ގޮސްދާނެ ކަމަށް ލަފާކޮށް ވާހަކަ ފަތުރާފައިވުމުން ނެޓްފްލިކްސް އިން ވަނީ މި ހަބަރު ދޮގުކޮށްފައެވެ. ސީޒަން 5 ފެނިގެންދާނީ އެންމެ ބައެއްގެ ގޮތުގައި އަދި މި ސީޒަންގައި 10 އެޕިސޯޑް ވާނެކަން ނެޓްފްލިކްސްއިން ހާމަކޮށްފައިވެއެވެ.
ނެޓްފްލިކްސް އިން ބެލުންތެރިންނަށް ދިން އުފާވެހި ހަބަރަކީ، ސީޒަން 3 އާއި 4 ގައި 8 އެޕިސޯޑް ފެނިގެންދިޔައިރު އެންމެ ފަހުގެ މި ސީޒަންގައި 2 އެޕިސޯޑް އިތުރަށް ބަލާލުމުގެ ފުރުސަތު ލިބޭނެކަމުގެ ހަބަރެވެ.
މީގެއިތުރުން ކުރީގެ މޫނެއް މިސީރީޒިން އަލުން ފެނިގެންދާނެއެވެ. 2 ވަނަ ސީޒަންގައި ބާލިން މަރާލިކަމުގައިވިޔަސް މިސީޒަން އިން ފެނިގެންދާނެކަމަށް ބާލިންގެ ރޯލް އަދާކުރި ޕެޑްރޯ އެލޮންސޯ ހާމަކޮށްފައިވެއެވެ. އޭނާ ވަނީ ޕަލާމޯގެ ރޯލް އަދާކުރި ރޮޑްރީގޯ ދި ލަ ސެރްނާ އާއެއްކޮށް އިންސްޓްރަގްރާމްގައި ފޮޓޯއެއް ހިއްސާކޮށްފައެވެ.
ބާލިން ސީޒަން 5 އިން ފެނިގެންދާނީ ކިހިނެއްކަން ސާފެއްނުވެއެވެ. އެންމެ ފަހުން ބާލިން ފެނިގެންދިޔާއީ ސީޒަން 2ގެ ނިންމުމުގައި އޭނާގެ ޓީމް ރޯޔަލް މިންޓް އޮފް ސްޕެއިން އިން ނުކުތުމަށް އެހީތެރިވުމުގައި އަމިއްލަ ނަފްސު ޤުރުބާންކޮށްލާތަނެވެ.