ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދިމާވި ކަރަންޓް މައްސަލަ ހައްލުކޮށްފިއެވެ.
ވީއައިއޭއިން ކަރަންޓް ކެނޑުނީ 8:45 ހާއިރުއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްގެ އޮފިޝަލަކު ކަރަންޓް ކެނޑުނު ސަބަބު ބަލަމުން އަންނަ ކަމަށާއި، އެކަމުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއަރައިފައިވާ ކަމަށެވެ.
ވީއައިއޭއަށް ދިމާވި ކަރަންޓް މައްސަލަ ހައްލުވެފައި ވަނީ، 9:26 ހާއިރުއެވެ.