އެންމެ ފުރަތަމަ މި ވައިރަސް އުފެދުނީ ޖަނަވާރެއްގެ ކިބައިގައި

ކޮވިޑް-19 ފެތުރެން މެދުވެރިވި ވައިރަސް ޗައިނާގެ ވޫހާންގެ ލެބަކުން ލީކުވުމުގެ ފުރުސަތެއް ނެތް ކަމަށް ދުނިޔޭގެ ސިއްޚަތު ޖަމިއްޔާއިން ބުނެފިއެވެ.

މި ވައިރަސް ފެތުރެން މެދުވެރިވި އަސްލު ދެނެގަތުމަށް އެ އިދާރާގެ ޚާއްސަ ޓީމަކުން އަންނަނީ ވޫހާންގައި ހަރަކާތްތެރިވަމުންނެވެ. އެ ޓީމުގެ ތަހުގީގު މިހާރު ނިމުމަކާއި ގާތްވެފައިވާއިރު ދެން އެ ޓީމުގެ ފޯކަސް އެނބުރޭނީ އާސިއާންގެ ގައުމުތަކަށެވެ.

މި ޓީމުގައި ހިމެނޭ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އެންމެ ފުރަތަމަ މި ވައިރަސް އުފެދުނީ ޖަނަވާރެއްގެ ކިބައިގައެވެ. އަދި އެއަށްފަހު އިންސާނުންނަށް ވައިރަސް ޓްރާންސްމިޓްވެ އިތުރަށް ފެތުރެން މެދުވެރިވީއެވެ. ވައިރަސް ފެތުރުނު ގޮތާއި މެދު އައު މައުލޫމާތުތަކެއް ލިބިފައިވީ ނަމަވެސް މި މައުލޫމާތުތައް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ވައިރަސް ވޫހާންގައި އުފެދުމުގެ ފުރުސަތު ވެސް ވަރަށް ކުޑަ ކަމަށް މި ޓީމުން ވަނީ ހާމަކޮށްފައެވެ.

ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާންއަކީ މި ވައިރަސް 2019 ވަނަ އަހަރު އެންމެ ފުރަތަމަ ރިޕޯޓްކުރި ސިޓީއެވެ. އޭގެފަހުން މުޅި ދުނިޔެއަށް ވައިރަސް ފެތުރި 106 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހި 2.3 މިލިއަން މީހުންނަށް ވުރެ ގިނަ މީހުން މި ބަލީގައި ވަނީ މަރުވެފައެވެ.

ޑަބްލިއުއެޗްއޯގެ މި ތަހުގީގު ފެށުނީ ޗައިނާގެ ސަރުކާރާއެކު ގިނަ މަޝްވަރާތަކެއް ކުރިޔަށް ގެންދިޔުމަށްފަހު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި މި ޓީމުން ކުރި ތަހުގީގު ޗައިނާ ސަރުކާރުން ވަނީ ވަރަށް ގާތުން ބަލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.