ރާއްޖޭގައި ޖަހަމުންދަނީ ކޮވިޝީލްޑް ވެކްސިން -- ފޮޓޯ: ރައީސް އޮފީސް

އުމުރުން 45 އަހަރާއި 55 އަހަރާއި ދެމެދުގެ ހައި ރިސްކް ފަރާތްތަކަށް ބުދަ ދުވަހު ވެކްސިން ދޭން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

މި އުމުރު ފުރައިގެ މީހުންނަށް ވެކްސިން ޖެހުން ކުރިޔަށް ދަނީ މާލޭ ސޯޝަލް ސެންޓަރުގައި 9:00 އިން 17:00 ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގައި 9:00 އިން 17:00 ގެ އަދި ވިލިމާލޭ ޔޫތު ސެންޓަރުގައި 9:00 އިން 13:00 އަށެވެ.

އެޗްޕީއޭ ހާމަކޮށްފައިވާ ގޮތުގައި ވެކްސިން ޖަހަން ހަމަޖެހިފައިވަނީ ހަކުރު ބަލި ހުންނަ މީހުންނާއި، ހިތުގެ ބަލިތައް ހުންނަ މީހުންނާއި ސްޓްރޯކް ޖެހުންފަދަ ބައްޔެއްގައި އުޅޭ މީހުން އަދި ކިޑްނީ ބަލިތަކުގެ ބަލިމީހުންނަށް ކަމަށެވެ.

ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދިފާއީބާރު ދަށްވެފައިވާ މީހުންނާއި، ދިގު މުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަހައްމަލުކުރަމުންދާ މީހުން އަދި އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަން މަތި މީހުންގެ އިތުރުން ތެލެސީމިއާ އެނީމިއާ ފަދަ ބަލި ހުންނަ މީހުންނަސްވެސް ވެކްސިން ޖަހަން ވަނީ ހަމަޖެހިފައެވެ،

ވެކްސިން ޖަހަން ދާއިރު ދޫ ހެދުމެއް ލައިގެން ދިޔުމަށާއި، ރަނގަޅަށް ކައިގެން ދިޔުމަށް އެޗްޕީއޭއިން އެދެއެވެ.

ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 16,251 އަށް ވަނީ އަރާފައެވެ. ރާއްޖޭގައި މިހާރު ޖަހަމުންގެންދަނީ އިންޑިއާގެ ސަރުކާރުން ހަދިޔާކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިންގެ 100،000 ޑޯޒެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.