ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީ ފިރިހެނަކު މޯލްޑިވްްސް އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.
އިމިގްރޭޝަނުން މިއަދު ވިދާޅުވީ، ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން އުޅުނު 25 އަހަރުގެ ބިދޭސީ ފިރިހެނަކު ހުއްޓުވާފައިވާ ކަަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއްކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.
އިމްގްރޭޝަނުން އަންނަނީ ނަކަލުކޮށްފައިވާ ޕާސްޕޯޓު ނުވަތަ ޝަހްސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅޭ ގިނަ އަދަދެއްގެ މީހުން އަތުލައިގަންނަމުންނެވެ. އެގޮތުން މިއަހަރުގެ ތެރޭގައިވެސް ވަނީ އެތައް ބަޔަކު އެގޮތައް އަތުލައިގަނެފައެވެ.
ވަގު ފާސްޕޯޓު ބޭނުންކޮށްގެން މީހުން ދަތުރުކުރުމުގެ މައްސަލައަކީ މީގެ ބައިގަރުނަށް ވުރެވެސް ކުރިން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އަންނަ ކަމެކެވެ. ހާއްސަކޮށް ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތަކަށް ވަގު ޕާސްޕޯޓް ބޭނުންކޮށްގެން އެތެރެވާން މަސައްކަތް ކުރާ މައްސަލަތައް އިތުރެވެ.