ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ކަރަންޓް ކެނޑިއްޖެއެވެ.
އެ އެއާޕޯޓުން ކަރަންޓް ކެނޑިފައިވާކަމަށް އެމްއޭސީއެލް އިން ވަނީ ކަށަވަރުކޮށްދެއްްވާފައެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ، ކަރަންޓް ކެނޑުނު ސަބަބު ބަލަމުން އަންނަ ކަމަށާއި، އެއާޕޯޓުން ކަރަންޓް ކެނޑިފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެއާޕޯޓުން ކަރަންޓް ކެނޑުމާއި ގުޅިގެން ހިދުމަތްތަކަށް ވަނީ ބުރޫ އަރައިފައިވާއިރު، ކަަރަންޓް ލިބޭނެ އިރެއްވެސް އެމްއޭސީއެލްއިން ހާމަކޮށްފައެއް ނުވެއެވެ.