ގއ. މާމެންދޫގައި އަންގާރަ ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން އިތުރު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ބުދަ ދުވަހު މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެއީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މީހުންގެ އިތުރުން އަންގާރަ ދުވަހުގެ ރޭ ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.
ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ ރަށުގައި މި މައްސަލަ ތަހުގީގުކުރުމަށް ހަރަކާތްތެރިވަމުންނެވެ.
މި މާރާމާރީގައި އުމުރުން 17 އަހަރުގެ ކުއްޖަކަށް ހަމަލާދީ މަރާލާފައިވާއިރު އޭނާގެ ބޭބެއަށް ވެސް ހަމަލާ ދީފައިވެއެވެ.