ފުވައްމުލައް ސިޓީ ފޮޓޯ: ޓްރިޕް އެޑްވައިޒަރ

ކޮވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވްވެ ފުވައްމުލައް ސިޓީ މޮނިޓަރިންގއަށް ލުމާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ބަލި އިތުރަށް ފެތުރިޔަ ނުދިނުމަށްޓަކައި ފުވައްމުލައް ސިޓީގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ކައުންސިލުން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން ސިޓީ ކައުންސިލުން މުހިންމު ނިންމުންތައް ހާމަކޮށް ނެެރުނު އިއުލާނުގައި ވާގޮތުން، ފުވައްމުލަކުގައި ގާއިމްކޮށްފައިވާ އޮފީސްތައް ބަންދުކޮށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް އޮންލައިންކޮށް ދިނުމާއި، ޒަރޫރީ ބޭނުމެއްގައި ފިޔަވައި އެއްގެއިން އަނެއް ގެޔަށް ޒިޔާރާތްކުރުމާއި ގެއިން ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން، ކެފޭ ރެސްޓޯރަންޓްތަކުން، އާންމުންނަށް ތަނުގައި ހިދުމަތް ދިނުން ހުއްޓައި ހަމައެކަނި ޑެލިވެރީގެ ހިދުމަތް ދިނުމަށް ކައުންސިލުން ވަނީ އަންގާފައެވެ. އެގޮތުން، މި ހިދުމަތް ދޭ އިރުވެސް ނަގުދު ފައިސާ ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކައުންސިލުން ނިންމާފައިވާ އިތުރު ނިންމުންތަކުގެ ތެރޭގައި، ސެލޫން، ޖިމްތައް ބަންދުކުރުމާއި ޕާކްތަކާއި މައިޒާންތަކަށް އެއްވެ ނޫޅުމުގެ އިތުރުން ހުރިހާ ކުޅިވަރު ހަރަކާތެއްވެސް ކައުންސިލުން ވަކި އެއްޗެއް އަންގަންދެން ހުއްޓުމަށް ވަނީ ބުނެފައެވެ. އަދި، ޓެކްސީ ހިދުމަތްދޭ ފަރާތްތަކުންނާއި ފިހަރާތަކުން އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެ މަތިން އަމަލުތައް ބެހެއްޓުމަށް ކައުންސިލުން އިލްތިމާސްކުރެއެވެ.

ފުވައްމުލައް ސިޓީ ލޮކްޑައުންކުރީ، މި ހަފްތާގެ އާދިއްތަ ދުވަހު އެ ސިޓީގައި ކޮވިޑް ފެތުރިފައިވޭތޯ ބެލުމަށް ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު ދެ ސާމްޕަލްއެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *