އެޗްޕީއޭގެ މިންގަނޑުތަކާއި ޚިލާފަށް އިދިކޮޅުން އަންނަނީ އެއްވުންތައް ބާއްވަމުން

އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރެން ފެށީ ސަރުކާރުގެ އިހުމާލުން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އައްޑޫގައި ކޮވިޑް ފެތެރެމުންދާތީ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ބަލި އައްޑޫގައި ފެތުރެން ފަށާފައިވަނީ ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަރުވާ ކުޑަ ކުރުމުގެ ސަބަބުން ކަމަށެވެ. މިއީ ސަރުކާރުގެ ފަރާތުން ކަންކަން ބަލަންވާވަރަށް ނުބަލާ ސިޔާސީ މަޤްޞަދުތައް ޙާސިލުކުރުމަށްޓަކައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ސިޔާސީ އަދި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުން ދަތުރު ފަތުރު ކުރުމުގެ ހުއްދަ ދެމުން ގެންދިއުމުގެ ނަތީޖާ ކަމަށް ވެސް އެ ކޯލިޝަނުން ބުނެފައިވެއެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމާއެކު، ރާއްޖޭގެ ކަންކޮޅުތަކުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ އަވަސް ފިޔަވަޅުތައް އެޅުމަށް އިދިކޮޅުން ވަނީ މި ނޫސްބަޔާނުގައި ސަރުކާރަށް ގޮވާލާފައެވެ. އަދި ރައްޔިތުންގެ ކިބައިން މިކަމުގައި އިހުމާލު އޮތުމުގެ ސަބަބުން މާފަށް އެދުމަށް ވެސް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ސަރުކާރުގެ އިހުމާލުން ކޮވިޑް ފެތުރެން މެދުވެރިވަމުންދާ ކަމަށް ބުނަމުންދާއިރު ކޮންމެ ރެޔަކު ކޮވިޑް އެންމެ ގަދަޔަށް ފެތުރެމުންދާ މާލޭގައި އެ ކޯލިޝަނުން އަންނަނީ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެއްވުންތައް ބާއްވަމުންނެވެ. މި އެއްވުންތަކުގައި އެއްވެސް ގައިދުރުކަމެއް ނެތި މީހުން ހަރަކާތްތެރިވަމުންދާއިރު އެއްވުމުގެ ބައިވެރިން މާސްކް ދަތްދޮޅިއަށް ތިރިކޮށްގެން އަޑުއުފުލަމުންދާކަން ވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި ވެކްސިން ޖެހުމަށް ސަރުކާރުން ބާރުއަޅަމުންދާ ދަނޑިވަޅެއްގައި ވެކްސިންއާ މެދު ވެސް ބިރުވެރިކަން އުފެއްދުމަށް އިދިކޮޅުން މަސައްކަތްކުރަމުންދާ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *